ފީނަން ގޮސް އުޅުނު ޒުވާނެއްގެ ފައި ބުރިވެއްޖެ
ލޯންޗު އެކްސިޑެންޓެއް ހިނގައި ރ. އިނގުރައިދޫ ޒުވާނެއްގެ ފައި ބުރިވެއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިބުރި ވެފައިވަނީ އުމުރުން 27 އަހަރުގެ މީހެއްގެއެވެ. އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އިނގުރައިދޫ ހޮސްޕިޓަލުގައެވެ.
އެއަށްފަހު އެމީހާ ވަނީ ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްއަށް ބަދަލު ކޮށްފައެވެ.
އިނގުރައިދޫ ކައުންސިލުގެ މެމްބަރަކު "ވޮއިސް"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެރަށު ކައިރީގައި އޮންނަ ތިލައެއް ކައިރީގައި ބަޔަކު ފީނަން ގޮސް އުޅެނިކޮށް ޒުވާނާގެ ފައި ލޯންޗެއްގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް