ވޮޝިންޓަންގައި ހިމަބިހި އިތުރުވެ، ކުއްލި ނުރައްކަލުގެ ހާލަތަށް!
އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގައި މީސަލްސް ނުވަތަ ހިމަބިހި ފެތުރޭ މިންވަރު އިތުރުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކުރާ ގޮތުގައި، މިިދިޔަ ހުކުރު ދުވަހާއި ހަމައަށް ވޮޝިންްގްޓަންގައި މީސަލްސް ޖެހުނުކަމުގެ 26 ކޭސްއެއް ވަނީ ރިޕޯޓްކޮށްފައެވެ. މީސަލްސްއަކީ ވަރަށް އަވަހަށް ފެތުރޭ ބައްޔެއްކަމުން މި އަދަދު އުފުލުމަކީ އެކަަށީގެންވާ ކަމެއްކަމަށް ވޮޝިންގްޓަންގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.
މީސަލްސް މިހާތަނަށް ޖެހުނު ބޮޑެތި މީހުންނާއި ކުޑަކުދިންނަކީ މީސަލްސް ވެކްސިން ޖަހާފައި ނުވާ ފަރާތްތަކެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވެކްސިން ޖެހުމަކީ އޯޓިޒަމްއަށް މަގުފަހިވާ ކަމެއްކަމަށް ބުނެ އެމެރިކާގެ ގިނަ ފަރާތްތަކުން ވެކްސިން ނުޖަހައި އުޅެއެވެ.
މިކަމާއި ގުޅިގެން އެމެރިކާގެ ސީޑީސީއާއި ކަމާއި ގުޅުންހުރި އެހެން ފަރާތްތަކުން ދަނީ މީސަލްސް ވެކްސިން ޖެހުމުގެ މަސައްކަތް ބާރުމިނެއްގައި ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް