ރައީސް ޑރ.މުއިއްޒު މިރޭ ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކްގައެވެ.
ރޭގައި މަޖިލިސް ކެމްޕޭނަށް ބޭއްވި ހަރަކާތެއްގެ ތެރެއިން ރައީސް ޑރ.މުއިއްޒު ވަނީ މިރޭ ރައްޔިތުންނާ ބައްދަލުކުރައްވައި، އިދިކޮޅު ފަރާތްތަކުން ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ދައްކަމުންދާ ވާހަކަތަކުގެ ތަފްސީލް ހާމަ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިކަން ފާހަގަކޮށްލަން ޖެހެއެވެ.
މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންނާއި އެކު ރައީސް ޑރ.މުއިއްޒު ދަނީ ޑޯޓު ޑޯ ހަރަކާތެއްވެސް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް