ހުޅުމާލޭގައި މާބަނޑު އަންހެނަކު އެކްސިޑެންޓްވެއްޖެ
ހުޅުމާލޭގައި މާބަނޑު އަންހެނަކު އެކްސިޑެންޓްވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މިރޭ މި ހާދިސާ ހިނގާފައިވަނީ އެ އަންހެން މީހާ މަގުމަތި ހުރަސްކުރަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާ ހިނގިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވީ ހޮސްޕިޓަލަަށް ގެނެވިފައިވަނީ 31އަހަރުގެ މާާބަނޑު އަންހެނެއްކަމަށެވެ.
އެ އަންހެންމީހާގެ ބޯފަަޅައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިނުވާކަމަށް އާޝިޔާ ވިދާޅުވިއެވެ. މިވަގުތު އެ އަންހެންމީހާ އޮތީ އިމަރޖެންސީ ރޫމްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް