ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފި
ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ކުރިން ދިރާގު ހެޑް އޮފީސް ހުރި ބިމުގައި މި މިސްކިތް ބެހެއްޓުމަށް ނިންމާފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ އެ ސަރަހައްދުގެ ބިންގަނޑު ކޮނެ އެއްވަރުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތް ނިންމާލެވޭނެ ތާރީޚެއް، ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވިގެންދާއިރު، އެ މިސްކިތަށް ނަމާދުކުރުމަށް އަންނަ ފަރާތްތަކަށް ވުޟޫކުރުމަށް ވަޅަކާއި ދާންޏެއް ހެދިގެންދާނެއެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ބާރުމިނެއްގައި ކުރަމުންދާާއިރު، މި މަސައްކަތުގައި ހިލޭ ސާބަހަށް ގިނަ ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް