ޣައްސާންއާއި ދެކޮޅަށް މައުމޫންގެ ކެނޑިޑޭޓެއް!
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތ. ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ޓިކެޓްދީފައިވާ މުހައްމަދު ޣައްސާން މައުމޫނާއި ވާދަ ކުރުމަށް އެބޭފުޅާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ފަރާތުން ކެނޑިޑޭޓަކު ނެރެފިއެވެ.
ރައީސް މައުމޫންގެ ތާއިދާއެކު ގުރައިދޫ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާފައިވަނީ މުހައްމަދު އިބްރާހިމް މަނިކެވެ. އެބޭފުޅާއަށް ފުރިހަމަ ކާމިޔާބީއެއް ލިބުމަށް އެދި ރައީސް މައުމޫން ވަނީ ޓްވީޓްވެސް ކުރައްވާފައެވެ.
ޣައްސާން ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާނެކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މަތީންވެސް ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީޕީއެމްގެ ތެރޭގައި ޖެހުނު ޕާޓީގެ މިލްކުވެރިކަމުގެ މައްސަލައިން ފެށިގެން މިހާތަނަށް ޣައްސާން ހުންނެވީ ރައީސް ޔާމީންއާއި އެކުގައެވެ. ޣައްސާން ވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައި ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައިވެސް ބައިވެރިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް