ރައީސް ޞާލިހު 5 ކިލޯމީޓަރ ދުވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަލީ، މިއަދު ހެނދުނު ލާމުއަތޮޅުގައި އޮތް ކޮކާކޯލާ ޓީއެފްޖީ ލޯންްގްރަން ގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ ދެކަނބަލުން ވަނީ މި ދުވުން ފުރިހަމަކުރައްވައި، ފަސް ކިލޯމީޓަރ ދުވެ ވަޑައިގަންނަވާފައެވެ.
މި ދުވުމުގައި ރައީސްގެ ދެކަނބަލުންގެ އިތުރުން، ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފް ފަދަ ދައުލަތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް ސޯލިހު ވަނީ މީގެ ކުރިންވެސް މިފަދަ ދުވުމުގެ ހަރަކާތްތަކުގައި، ވެރިކަމާއި ހަވާލުވުމުގެ ކުރިންް ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް