ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ އަދަދު 3900 އަށްވުރެ ގިނަ؛ ފިރިހެން 314 ނަރުހުން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
2025 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި މަސައްކަތްކުރާ 3907 ނަރުހުން ތިބި ކަމަށާ އޭގެ ތެރެއިން ފިރިހެން ނަރުހުންގެ އިންސައްތަ އަކީ އެންމެ 8 ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާގޮތުން ރާއްޖޭގައި މަސައްކަތްކުރާ 3593 އަންހެން ނަރުހުން ތިބި އިރު ފިރިހެން ތިބީ 314 ނަރުހުންނެވެ. ކޮންމެ ދިހަ ނަރުހެއްގެ ތެރެއިން 9 ނަރުހުންނަކީ އަންހެނުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2503 ނަރުހުންނަކީ ދިވެހިން ކަމަށްވާއިރު، ބިދޭސީ ނަރުހުންގެ އަދަދަކީ 1918 އެވެ. އެހެންކަމުން ނަރުހުންގެ %64 އަކީ ދިވެހިންކަން ފާހަގަކޮށްލަންޖެހެއެވެ.
ނަރުހުން މަސައްކަތްކުރާ ސަރަހައްދު ތަކަށް ބަލާލާއިރު، %51 ނަރުހުން މަސައްކަތް ކުރަމުން އަންނަނީ މާލެ ސަރަހައްދުގައެވެ. އެއީ 1989 ނަރުހުންނެވެ. ބާކީ %49 ނަރުހުން މަސައްކަތް ކުރަމުން އަންނަނީ އަތޮޅު ތެރޭގައެވެ.
އަދި ސަރުކާރު ހޮސްޕިޓަލު ތަކުގައި 3291 ނަރުހުން މަސައްކަތް ކުރާއިރު، 616 ނަރުހުން މަސައްކަތް ކުރަނީ ޕްރައިވެޓް ތަންތަނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް