ފިލްމުގެ ޕޯސްޓަރު އެޑް
ފިލްމުގެ ޕޯސްޓަރު އެޑް
ލައިފްސްޓައިލް 23 Aug 2026 | 11:15

ޑާކްރެއިނާ ޓްރޮޕިކަލް ރެއިންގެ "މަގޭ ބިޓުގެ ވެޑިން"ގެ ޓިކެޓް ވިއްކަން ފަށައިފި

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިހާރު ދިވެހި ސިނަމާގެ އެއްވަނަ ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ގިަނ ބަޔަކު އިއްތިފާގުވާ ޑާކްރެއިން އެންޓަޓެއިންމަންޓާއި ޓްރޮޕިކަލް ރެއިން ގުޅިގެން އުފައްދާ އައު ފިލްމު "މަގޭ ބިޓުގެ ވެޑިން"ގެ ޓިކެޓް ވިއްކަން ފަށައިފިއެވެ.

މި ފިލްމު އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ރެއެވެ. ފިލްމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މަޢުލޫމާތު ދެއެވެ.

"މަގޭ ބިޓުގެ ވެޑިން" އަކީ ޒުވާން ގުރޫއްޕެއްގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކާއި، ދިރިއުޅުމުގައި ދިމާވާ މަޖާ އަދި ޝައުޤުވެރި އެތައް ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޝަރަފް ޢަބްދުﷲ އާއި ފާޠިމަތު ރާޔާ ޢަބްދުﷲ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގެ ތަޖުރިބާކާރު ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އަޙްމަދު ސަޢީދުގެ އިތުރުން، އާންމުންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މަޖާ އެކްޓަރު ފުބޫ ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މުޙައްމަދު ޢަލީ (މޮގާ)، ޢާއިޝަތު ފުއާދު އަދި ކޭލީން މުޙައްމަދު ޢަލީ އެވެ. ފިލްމުގެ ސިނެމަޓޯގްރަފީގެ މަސައްކަތް އަޙްމަދު ޒިފާފް ފުރިހަމަކޮށްފައިވާއިރު، އެޑިޓިންގގެ މުހިންމު މަސައްކަތް ކޮށްފައިވަނީ މި ފަންނުގައި ފާހަގަކޮށްލެވޭ ކުޅަދާނަ އެޑިޓަރު އަދި ޑައިރެކްޓަރު ޢަލީ ޝިފާއު (ޗިއްޕެ) އެވެ.

ގިނަ ބައެއްގެ އިންތިޒާރަކަށް ވެފައިވާ "މަގޭ ބިޓުގެ ވެޑިން" ވެގެންދާނީ ބެލުންތެރިންނަށް ހިތްހަމަޖެހުމާއި މަޖާ ވަގުތުތަކެއް ގެނެސްދޭނެ ފުރިހަމަ ފިލްމަކަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް