ރާއްޖެއިން އިސްލާމީ ހިދާޔަތުގެ ހުޅުކޮޅެއް ނިއްވައެއް ނުލެވޭނެ: އުގައިލް
ދިވެހިރާއްޖެއިން އިސްލާމީ ހިދާޔަތުގެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާާޅުވީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިނގިރޭސިވިލާތުގައި ވިޜުއަލް ކޮންޕިއުޓިންގގެ ޕްރޮފެސަރެއްގެ މަގާމުފުޅު އަދާކުރައްވަމުން ގެންދަވާ ޕްރޮފެސަރ އުގައިލް ދިވެހިބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ފަސްގަނޑުން މާތް ވެގެންވާ އިސްލާމް ދީން ފޮހެ ނުލެވޭނެ ކަމަށާއި އެ ދީނުގެ ހިދާޔަތުގެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެކަމަށެވެ.
"އިސްލާމް ދީނަށާއި މާތް ރަސޫލާ އަށް ހަޖޫ ޖަހާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާށި"، އުގައިލް ވިދާޅުވިއެވެ.
އެބޭފުޅާ މިހެން ވިދާޅުވި ދަނޑިވަޅަކީ އަމިއްލަ ޖަމްެއިއްޔާއެއް ކަމުގައިވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކުރި ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށްބުނެ، އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގިނަބަޔަކު ގޮވާލަމުންދާ ދަނޑިވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް