ސީލައިފަށް ފައިސާ ދެއްކި ފަރާތްތަކުގެ ހިނގާލުމެއް މިއަދު ހުޅުމާލޭގައި
ސީލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލޭގައި އަޅަން އޮތް ފްލެޓްތަކަށް ފައިސާ ދެއްކި ފަރާތްތަކުން، އެފަރާތްތަކުގެ ހައްގުތައް ހޯދުމަށް އެދި މިއަދު ހަވީރު ހުޅުމާލޭގައި ހިނގާލުމެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ.
"އިންސާފު އަވަސްކޮށްދެއްވާ"ގެ ނަމުގައި ބާއްވާ މި ހިނގާލުން ފަށަން ހަމަޖައްސާފައިވަނީ ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީސް ކުރިމަތިންނެވެ. މިއަދު ހަވީރު 4:30ގައި ފަށާ ހިނގާލުން ނިންމާލަނީ ސީލައިފްގެ ފްލެޓު އަޅަން ހަމަޖެއްސި ސައިޓު ކައިރިއަށް ކަމަށް މައުލޫމާތު ލިބެއެވެ.
މި ހިނގާލުން ބޭއްވުމަށް ތައްޔާރުވަމުން ދާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޯލުން ވަނީ މިދިޔަ މަހު ރެޑް ނޯޓިސް ނެރެފައެވެ.
ސީލައިފްގެ ފްލެޓްތަކަށް ބުކިންގް ހެއްދުމަށް ގިނަ އަދަދެއްގެ ފައިސާ އާންމު ފަރާތްތަކުގެ އަތުން ނެގުމަށްފަހު، އެ މަސައްކަތް ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލާފައެވެ.
އަދި ސީލައިފްގެ އޮފީސްވެސް ބަންދުކުރިކަން ފާހަަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް