ސީއެސްސީގެ ނާއިބު ރައީސް އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސިވިލް ސާވިސް ކޮމިޝަންގެ ނާއިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށެވެ. އިއްޔެ އޮތް ކޮމެޓީ ބައްދަލްވުމުގައި އޭނާ މަގާމުން ވަކިކުރަން ނިންމާ އެކަމުގެ މަސައްކަތް އޮތީ ފަށާފަ އެވެ.
ނަމަވެސް އިބްރާހިމްގެ މައްޗަށް ކުރާ ތުހުމަތުތަކެއް ނުބުނެ އެވެ. މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ އިއްޔެގެ ބައްދަލްވުމުގައި އެ ތަފްސީލުތައް ހާމައެއް ވެސް ނުކުރެ އެވެ.
ސަރުކާރު ބަދަލުވެ މަޖިލީސްގެ އާ ދައުރުވެސް ފެށިގެން ކުރިއަށްދާއިރު މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަކިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިބްރާހިމް ރަޝީދު, ސީއެސްސީގެ ނާއިބަކަށް އައްޔަނު ކުރީ މިދިޔަ ސަރުކާރުގެ ދުވަސްވަރު 2020 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް