އެއްގަމު އުޅަނދު ދުއްވުމުގެ ތިއަރީ އިމްތިހާނު ހެދުން ޓްރާންސްޕޯޓްގެ ދަށަށް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މިނިސްޓްރީން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ތެރެއިން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު ދެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަމަަށެވެ.
އެ ނިންމުމަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެން ކަމުން ގްރޭޓާ މާލެ ސަރަހައްދުން މި ހިދުމަތަށް އެދި ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް ހުށައަޅާއިރު، ތިއަރީ އިމްތިހާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިހްތިޔާރު ކުރުމަށް ވަނީ އަންގާފަ އެވެ.
ކުރީން އެބަައި ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިޓެކްނިކްގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް