ކުުޅުދުއްފުށީ އެއާޕޯޓަށް ޖުލައި މަހު ދަތުރުކުރަން ފަށަނީ
ހދ.ކުުޅުދުއްފުށި މަށިކުޅީގެ ބޮޑުބައެއް ހިއްކައިގެން ތަރައްގީކުރި އެއާޕޯޓުގެ އޮޕަރޭޝަންތައް އަންނަ ޖުލައިމަހުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އާންމު ދަތުރުތައް އެ އެއާޕޯޓަށް ފެށޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ އެއާޕޯޓްގެ ޓާމިނަލް އެޅުމުގެ މަސައްކަތެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކުއެވެ.
މި އެއާާޕޯޓަށް މިހާތަނަށް ޖައްސާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެއާޕޯޓު ހުުޅުވުމަށް ވަޑައިގެންނެވި ޓެސްޓް ފްލައިޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް