ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ
ބ.ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު، މިދިޔަ ބުރާސްފަތި ދުވަހު މޮބިލައިޒްކޮށްފިއެވެ.
އެމްޓީސީސީން ބުނީ، ޕްލޭނިން މިނިސްޓްރީން ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއު 48,297,417.22 ރުފިޔާއަށް އެކުންފުންޏާއި ހަވާލުކުރީ މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ކަމަށެވެ.
އެމަޝްރޫއުގެ ދަށުން 51،861 ކިއުބިކް މީޓަރަ ށް ބަނދަރު ފުންކުރުމާއި 108 މީޓަރުގެ ބޭރުތޮށި ލުމާއި 302 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 223 މީޓަރުގެ އެތެރެތޮށި ލުމާއި މޫރިން ބްލޮކް ސްލުމާއި އަދި ޕޭވްމަންޓު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެއިތުރުން ރޭމްޕެއްލުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމަށްވެސް އެއްބަސްވުމުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް