ހުޅުމާލެއިން ގެއްލިގެން ހޯދަން އިއުލާން ކުރި ޒުވާނާ ފެނިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔަ ޒުވާނާ މިހާރު ފެނިފައިވާ ކަމަށް އެއިދާރާއިން ބުނެފިއެވެ.
ހުޅުމާލެއިން ގެއްލިގެން ފުލުހުން ހޯދަމުން ދިޔައީ މއ.ޕެރީހީލިއަން / ކ.މާލެ، އަކްރަމް ޢަދީލް ސަޢީދު (25އ) އެވެ.
އަކުރަމް ހޯދަމުންދާ ކަމަށްބުނެ ފުލުހުން ރޭ ކުރި އިއުލާންގައި ބުނީ އޭނާ އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މާރިޗު 25 ވަނަ ދުވަހުގެރޭ 19:22 ހާއިރު ކަމަށެވެ.
އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނާ މިހާރު ދިރިއުޅޭ ގެ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް15 ފްލެޓުން ކަމަށް ވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން މިއަދު ފުލުހުން މީޑިއާއަށް ފޮނުއްވި މެސެޖުގައި ވަނީ ރޭގެ ވަގުތެއްގައި އަކްރަމް ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ނުދެއްވައެވެ.
ފަހަކަށް އައިސް ޒުވާން ފިރިހެން އަދި އަންހެން ކުދިން ވާނުވާއެއް ނޭނގި އާއިލާއަށް ގެއްލިގެން ރިޕޯޓް ކުރަމުންދާއިރު، އެކުދިން ހޯދުމަށް ފުލުހުން އިއުލާން ކުރުމާއިއެކު އަމިއްލައިން އާއިލާއާއި ހަވާލުވާކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް