އިންފޮރމޭޝަން ކޮމިޝަނަރގެ މަގާމަށް ފިޔާޒް އައްޔަންކޮށްފި
އިންފޮރމޭޝަން ކޮމިޝަނަރގެ މަގާމަށް ހުސައިން ފިޔާޒް މޫސާ އައްޔަންކޮށްފިއެވެ.
ފިޔާޒް މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓުންނެވެ. މި މަގާމަށް ފިޔާޒް އައްޔަން ކުރުމަށް ފެންނަކަމަށް ވޯޓުދެއްވީ 72 މެންބަރުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފިޔާޒަށް ރުހުން ދިނުމަށް މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.
ފިޔާޒުގެ އިތުރުން މިމަގާމަށް އައްޔަންކުރުމަށް އިތުރު ދެ ފަރާތެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވެއެވެ. އެއީ އަޙްމަދު ފަޔާޒާއި އަޙްމަދު އާހިދު ރަޝީދެވެ.
ފިޔާޒު އަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވާފައިވާ ފަރާތެކެވެ. އޭނާ އެންމެފަހުން އަދާކުރައްވާފައިވަނީ ރާއްޖެޓީވީގެ ސީއީއޯގެ މަގާމެވެ.
ފޮޓޯ: ރާއްޖެ.އެމްވީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް