ވީއައިއޭގައި ދެ އަންހެނުން ގަޔަށް އަތްލައި އަރާރުމަކަށް ހިނގައްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ދެ އަންހެނަކު ދެބަސްވެ، ގަޔަށް އަތްލައި އެންމެފަހުން އަރާރުމަކަށް ހިނގައްޖެއެވެ.
މިކަމެއް ހިނގާފައިވަނީ މިރޭގެ ވަގުތެއްގައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި މިކަމެއް ހިނގާފައިވަނީ ވީއައިއޭގެ ޓެކްސީ ކިއު ސަރަހައްދުގައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ވިއައޭގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތުލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުބުނެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ފެނަނަ ފެނުމަށް ދެ އަންހެނުންނަކީވެސް ދިވެހިންނެވެ. ދެ އަންހެނުން އަރާރުންވާން ފެށުމުން އެމީހުން ދުރުކުރީ އެއާޕޯޓް ސެކިއުރިޓީ އޮފިޝަލުންގެ އިތުރުން އާއްމުންގެ ބައެކެވެ. ހިނގި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް