N/A
N/A
ހަބަރު 03 Jul 2019 | 12:04

އިންޑިއާއާއެކު ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމަށް ކޮމިޓީން ރުހުންދީފި

ރާއްޖެއިން އިންޑިއާއެކު ގާއިމު ކުރަން ނިންމާފައިވާ ކުށްވެރިން ބަދަލު ކުރުމުގެ އެއްބަސްވުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އިންޑިއާއާއެކު ކުށްވެރިން ބަދަލުކޮށް ގުޅިގެން ތަހުގީގު ކުރުމުގެ އެއްބަސްވުމެއް ގާއިމު ކުރަން ސަރުކާރުގެ ކެބިނެޓުން ނިންމާ، ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި ގިނަ ބަހުސްތަކެއް ކުރެއްވުމަށްފަހު އެއްބަސްވުމަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އެއްބަސްވުމާ ދެކޮޅަށް ވޯޓު ދެއްވީ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމްގެ އިތުރުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ.

މިއެއްބަސްވުމާއި ގުޅޭ ގޮތުން ކޮމެޓީ މަރުހަލާގައި ހައިތަމް ވަނީ އެއްބަސްވުމަށް ތާއީދުކުރައްވައިކަން ހާމަކުރައްވާފައެވެ. ނަމަވެސް އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ހުރުމުން އެކަން އިސްލާހު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ހައިތަމް ވިދާޅުވެފައިވެއެވެ. އެގޮތުން އެއްބަސްވުމުގައި ހުރި ބައެއް ކަންކަމުގައި އިންޑިއާއަށް ވުރެ، ދިވެހިންނަށް ފުރުސަތުތައް ހަނިވެފައި ހުރުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި އިންޑިއާއިން ކުށްވެރިއަކު ކަމުގައި ކަނޑައަޅާ މީހަކު، އިންވެސްޓެއް ރާއްޖެއަށް ކޮށްފައިވާނަމަ އެ އިންވެސްޓެއްގެ ފައިސާ އިންޑިއާއިން ހިފެހެއްޓޭނެ ކަމާއި ދެ ގައުމުގެ ބޭންކްތަކުގެ މެދުގައި މުއާމަލާތްތައް ބަދަލު ކުރެވޭނެ ކަމަށް އޮތުމުން ކޮމިޓީގެ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އެ ގޮތުން ގާސިމް އިބްރާހިމް ވަނީ އެ ކަމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައި ކޮމިޓީގެ ތެރޭގައި ނުރުހުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

މުއާހަދާ ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީތަކުގެ ދެ ބައްދަލުވުމުގައި ހިތްހަމަޖެހިވަޑައިނުގަތް ގާސިމް ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވި އެވެ.

އޭގެ އިތުރުން މާވަށު ދާއިރާ މެމްބަރު، މުހައްމަދު ސައީދު ވެސް ވިދާޅުވެފައިވަނީ އެއްބަސްވުމުގައި ވިސްނާލަންޖެހޭ ވަރަށް ބޮޑެތި ކަންކަން އެބަހުރި ކަމަށް ވިދާޅުވެ، އެއްބަސްވުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ސައީދު ވިދާޅުވި ގޮތުގައި އެއީ ވަރަށް ސީރިޔަސް ހައްސާސީ މައްސަލައެކެވެ. އަދި ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުން ދެއްވީ އެ މެމްބަރުންގެ އަމިއްލަ ހިޔާލު ކަމަށާއި އެއީ ޖަވާބު ދެވިގެންވާނެ ގޮތް ނޫން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އިންޑިއާ ރާއްޖެ މުއާހަދާގައި ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އިދިކޮޅު މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ

- ކޯޓަށް ހާޒިރުކުރުމުގައާއި ކޯޓު އަމުރު ތަންފީޒުކުރުމުގައި އެހެނިހެން ޝަރުއީ ކަންކަމުގައި ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.

- ޓެރަރިޒަމާއި ޓެރަރިޒަމް ހަރަކާތްތައް ނައްތާލުމަށް ފައިސާ ހޯދައިދިނުމާއި، އެހީތެރިވެދިނުމާއި އަދިވެސް އެހެނިހެން ޖިނާއީ ކުށްތަށް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެހީތެރިވުން.

- ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުން.

- ތަހުގީގު ކުރުމާއި ޝަރީއަތްކުރަން ހަރުދަނާ ކުރުމުގެ ބޭނުމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވެދިނުން.

- މައްސަލައާ ގުޅޭގޮތުން ހޯދަން ޖެހޭ ހެކި ހޯދުމުގައާއި ތަހުގީގު ކުރުމަށް ބޭނުންވާ މީހުންނާ ސުވާލުކުރުމުގެ ފުރުސަތު ފުޅާވުން.

- ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެ ގައުމުން އެހީތެރިކަމާއި އެއްބާރުލުން ދިނުން.

- އެ ގައުމެއްގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނާއި އަދި މުއާހަދާގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މަސައްކަތްތަކުގައި އެހީތެރިވުން.

- މައްސަލަ ތަހުގީގުކުރުމުގައާއި ޝަރީއަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން.

- މައްސަލަތަކުގައި ހިނގާ ހަރަދުތައް ކުރަން ޖެހޭނީ، އެ ހުށަހެޅުމެއް ހުށަހަޅާ ގައުމަކުން.

މި އެއްބަސްވުމުގައި ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވައި އިދިކޮޅު މެންބަރުން ސުވާލުކުރެއްވުމުން، މިއަދު ވަނީ އިތުރުން، އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އޮފީހާއި ފޮރިން މިނިސްޓްރީއާއި، އަދި އެމްއެމްއޭގެ ބައެއް ބޭފުޅުން ކޮމިޓީއަށް ވަޑައިގެން އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެ ގޮތުން ކޮމިޓީއަށް ވަޑައިގެންނެވި ޕީޖީއާއި އޭޖީ އޮފީހުގެ އޮފިޝަލުން ވިދާޅުވީ އެ މާއްދާގައި އެހެން ބުނެފައި އޮތް ނަމަވެސް އެއްބަސްވުމުގައިވާ ގޮތުން ހުރިހާ މުއާމަލާތެއް ކުރެވޭނީ ދެ ގައުމުގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގެ ތެރެއިން ކަމަށްވާތީ، ބޭންކްތަކުގެ މައުލޫމާތު ވެސް ދެ ގައުމުގެ މެދުގައި ހިއްސާ ކުރެވޭނީ ދެ ގައުމުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މިއެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފިނަމަ މިއީ ރާއްޖެއިން މިބާވަތުގެ އެއްބަސްވުމެއްގައި މުއާހަދާއެއްގައި ސޮއިކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...