ސޮއި ފޯޖު ކޮށްގެން ކުންފުންޏެއްގެ ޝެއާ ވަގަށް ބަދަލުކުރި މައްސަލައެއް ބަލަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސޮއި ފޯޖުކޮށްގެން ކުންފުންޏެއްގެ ޝެއާ ބަދަލު ކުރަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެމެރަލްޑް ގްރޭންޑް ހޯޓެލް ކުންފުނީގެ އީ-ސޮއި ފޯޖު ކޮށްގެން ކުންފުނީގެ ޝެއާ ބަދަލު ކުރަން އުޅެފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ 22 އޮގަސްޓުގައި ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް