އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ޝިފާޒާއި ދެކޮޅަށް އަސްލަމް ނުކުންނަވަނީ
އެމްޑީޕީގެ ލީޑާރޝިޕްގެ އިންތިޚާބުގައި އެޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވާދަކުރައްވަން ނިންމަވައިފިއެވެ.
އަސްލަމް އެމަގާާމަށް ވާދަކުރައްވާކަން އެބޭފުޅާ ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އަސްލަމްގެ އިތުރުން އެމަގާމަށް ވާދަކުރައްވާާނެކަން މިހާތަނަށް އިއުލާންކުރައްވާފައިވަނީ މިހާރުވެސް އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ، މި އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފޯމް މާދަމާ ހުށައަޅުއްވާނެކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޝިފާޒް ވަނީ އެމްޑީޕީގެ ރައީސްކަމަށް ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ، ފޯމްގައި ސޮއިވެސް ކުރައްވާފައެވެ.
އަސްލަމްއަކީ 19ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސްކަމަށް އަންނާނެކަމަށް ގިނަބަޔަކު ދެކުނު ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް