ދިޔާނާއާއި މަހާޒުގެ ނަން އަނބުރާ ކޮމެޓީއަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ފޮނުވި ދެ ނަންތައް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ޖުޑީޝަރީ ކޮމެޓީއަށް އަނބުރާ ފޮނުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ފޮނުވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އަދި ޑްރަގް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޛު މަހާޒު އަލީ ޒާހިރެވެ.
މި ދެބޭފުޅުންގެ ނަންތައް އަނބުރާ ޖުޑީޝަރީ ކޮމެޓީއަށް ފޮނުވާލުމަށް ނިންމާާފައިވަނީ އެ ދެ ނަމާއި މެދު ފެންނަ ގޮތެއް ކޮމެޓީގެ ރިޕޯޓްގައި ހިމަނާފައި ނުވާތީއެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް ނިންމާފައިވަނީ އެމަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީީދީގެ ސުލޫކީ މައްސަލައެއް ސާބިތުވެ، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް