N/A
N/A
ހަބަރު 30 Oct 2019 | 15:10

ޜައީސް ޔާމީންގެ މައްސަލަ: ޕްރޮޕެގެންޑާ މެކުހަށް

އަޅުގަނޑު ހަނދާނަށް އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ނޫސް މިހާރު ނޫހުގެ އެންމެ ސީނިއަރ އެއް ނޫސްވެރިޔަކު ދުވަސްކޮޅެއް ކުރިން ގެންނަވާފައިވާ އިބާރާތެކެވެ. އެމްއެމްޕީއާރްސީގެ ބޮޑު ވައްކަމުގެ މައްޗަށް އިޝާރާތްކޮށް އެނޫހުގައި އޭނާ ލިޔެފައިވަނީ ޝަރީއަތަށް ސާބިތުވިޔަސް ނުވިޔަސް ވައްކަމުން ޔާމީނަށް ރެކެވޭނެ ގޮތެއް ނެތްކަމަށެވެ. އެމްއެމްޕީއާރްސީގެ ވައްކަމުގެ އެންމެ އަޑީގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީންކަމަށް ތުހުމަތުކޮށް ވަރަށް ތަފްސީލު ރިޕޯޓްތަކެއް އެނޫހުގައި ޝާއިއުކުރަމުންގޮސްފައިވެއެވެ.

އޭގެފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި ވެރިކަމަށް އައި އެމްޑީޕީގެ ސަރުކާރުން އެމްއެމްޕީއާރްސީގެ 1.2 ބިލިޔަން ރުފިޔާގެ ވައްކަމުގެ މައްސަލަ ވަރަށް ބާރު މިނެއްގައި ތަހްގީގުކޮށް ރައީސް ޔާމީންގެ މައްޗަށް ހިންގޭ ޝަރީއަތް މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެންނަގޮތަށް ޓީވީތަކުން ލައިވްކޮށް ހިގަމުންގޮސް އަންނަ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހަކީ ހުކުމް އިއްވާ ދުވަހެވެ.

މިޝަރީއަތުގެ ނިމުމާއިދިމާކޮށް އަނެއްކާވެސް އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަތައް ކުއްލިއަކަށް ފަލަސުރުޚީއަކަށްވެއްޖެއެވެ. އަޑުގަދަވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ ކުއްލި ސަމާލުކަމެއް ހުއްޓިއްޖެއެވެ. މައްސަލަ ހިއްލައިލީ މަގާމުން ވަކިކުރަން އޮތް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި އިންނަވާފައި އެމްއެމްޕީއާރްސީގެ މައްސަލާގައި ތުހުމަތުކުރެވޭ ނަންތަކެއް ހާމަކުރުމުންނެވެ. މިއީ މަގާމް ސަލާމަތްކުރެވޭތޯ އެމްޑީޕީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ހެދި ޑީލެއްގެތެރެއިން ބިޝާމު ފެށި ގޭމެއްކަމަށް އޮޕޮޒިޝަނުން ތުހުމަތުކުރެއެވެ.

ކޮންމެއަކަސް ކުއްލިއަކަށް މިހިލުވައިލި ހިލުވައިލުންތަކުގެ ފަހަތުގައި ލައްކަ ގިނަ ސްޓޯރީތަކެއް އެބަހުއްޓެވެ.

މިއާޓިކަލްގައި ބަލައިލާނީ އެއް ސްޓޯރީއަކަށެވެ. އެންމެ ފުރަތަމަ ސްޓޯރީއަކީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންއަށް ކުރާ ތުހުމަތުތަކަކީ ޔާމީންގެ ވާދަވެރި ސިޔާސީ ލީޑަރުންނާ ނޫސްތަކުން ސުރުޚީ އަޅައިދިން ފަދަ ވަރުގަދަ ބުރަދަން ހުރި ތުހުމަތުތަކަކަށް ނުވުމެވެ.

ދައުލަތުން ގެއްލުނު 1.2 ބިލިޔަން ރުފިޔާގެތެރެއިން ރައީސް ސާލިހް އުފެއްދެވި ރިޔާސީ ކޮމިޝަނާއި ފުލުހުން އަތްފުނާއަޅައިގެން އެއްކުރި މައުލޫމާތުތަކުން ޔާމީންގެ މައްޗަށް ކުރެވުނީ 80 އެތައް މިލިޔަން ޑޮލަރެއްގެ ވައްކަމުގެތެރެއިން އެންމެ 1 މިލިޔަން ޑޮލަރުގެ ތުހުމަތެކެވެ. އަދީބު ބުނެގެން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް އެސްއޯއެފުން ޖަމާކުރި އެއްމިލިޔަން ޑޮލަރަކާއި ގުޅޭ މައްސަލައެކެވެ. ޝަރީއަތުގައި ޔާމީން ވިދާޅުވަމުންގެންދަވަނީ އެމަނިކުފާނު އެކައުންޓަށް ޖަމާކޮށްފައިވަނީ އަދީބް އަތުގައި ހުރި ޕީޕީއެމްގެ ކެމްޕެއިން ފައިސާކަމަށެވެ.

އެމައްސަލާގައި ދައުލަތުގެ ވަކީލާ ސާބިތުކޮށްދޭން މަސައްކަތްކުރަނީ މަނީލޯންޑަރިންގެ މައްސަލައެވެ. އަބްދުﷲ ޔާމީންގެ މައްޗަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެތެރޭގައި، މިޔަންމާއަށް ތެޔޮވިއްކި 800 މިލިޔަން ޑޮލަރެއްގެ ތަހްގީގީ ސެޝަނެއް ލައިވްކޮށް ރައްޔިތުންނަށް ދެއްކިއެވެ. އެމެރިކާގެ މަޝްހޫރު ނޫސްތަކުގައި 800 މިލިޔަން ޑޮލަރުގެ ވާހަކަ ތަހްގީގުކޮށް ދިރާސާކޮށް ޔާމީނާ ގުޅުވައިގެން ލިޔުނެވެ. އެކަމަކު މަޖިލީހުގެ އެސެޝަން ނިމުމުން، 800 މިލިޔަން ޑޮލަރުގެ ވާހަކަވީ ހަގީގަތަކަށްވުރެ ބޮޑަށް ސިޔާސީ ފޯކްލޯއަކަށެވެ.

މިފަހަރުވެސް ވަރުގަދަ ތުހުމަތުތަކަކާއި އަލްޖަޒީރާއަށް އެމްޑީޕީގެ ލޯޔަލިސްޓުންތަކެއް ގޮސް ތައްޔާރުކުރި ސްޓީލިން ޕެރަޑައިޒާއި މިހާރު ނޫހުން ތައްޔާރުކޮށްފައިވާ ވަރުގަދަ ޖަޒުބާތުކައްކުވައިލަދިން ރިޕޯޓްތަކުން ޔާމީނާމެދު ސުވާލެއްވެސް ނެތްމިންވަރަށް ހާމަވެފައިވަނިކޮށް، ޝަރީއަތް ފެށިގެން ނިމުމާއިހަމައަށް ހުރިހައި އެޕިސޯޑްތަކަށް ރަނގަޅަށް ވިސްނައި ދިރާސާކޮށް ސިކުނޑިން މިނެހަދާލުމުން މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

ދައުލަތުގެ ވަކީލާ މައްސަލަ ސާބިތުކޮށްދޭން ހުށަހެޅި ހެއްކާއި ގަރީނާތައް ހީކުރެވުނުވަރަށްވުރެ ބަލިކަށްޓެވެ. އަދީބާއި ޒިޔަތު ޝަރީއަތުގެ މަޖިލީހުގައި ދެއްކީ އުރަތްޕެއްނެތް ވަރަށް ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ. ޝަރީއަތުގައި ޔާމީން އަތުގައި ހުރި ފައިސާއަކީ ވަގުފައިސާކަން ބުނަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ފަސްޖެހުނެވެ. މަންޒަރުބަދަލުވަމުންދާކަން އެންމެބޮޑަށް ދޭހަވެގެންދިޔައީ ސަރުކާރުގެ ކޮންޓްރޯލްގެދަށުގައިވާ ޖުޑިޝަލް ސާވިސްކޮމިޝަނުން މައްސަލަ ބަލާ ފަޑިޔާރަށް ހަމަލާއެއް ދޫކޮށްލުމުންނެވެ. ޝަރީއަތްކުރާ ފަނޑިޔާރުގެ މައްސަލައެއް ތަހްގީގުކުރަންފެށިކަން ޖޭއެސްސީން އިއުލާންކުރިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތައް ނިމި ( ޝަރީއަތް ހިގަމުންދިޔައިރު އަޑުހަން ހިމޭނުންތިބެފައި ) ހުކުމްލިޔަން ފަނޑިޔާރު ތައްޔާރުވި ހިނދު މިއަދު ކުއްލިއަކަށް ރަށުތެރޭގައި އެމްއެމްޕީއާރްސީގެ މައްސަލައިގެ އަޑު ގަދަވެ ގުގުމަންފެށުމުން އެންމެ ބޮޑަށް ދޭހަވަނީ މިމައްސަލާގައި ސަރުކާރުން، ޚާއްސަކޮށް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އުއްމީދުކުރިފަދަ ގޮޅިއަކަށް ރައީސް އަބްދުﷲ ޔާމީން ނުފެތިދާނެތީ އެކަމުގެ އުދާސްތަކެއް ކަމެވެ.

މިފަދައިން އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލަ ގުގުމާފައިހުއްޓައި ފަނޑިޔާރު، އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމައިފިނަމަ އެއީ ފަނޑިޔާރު ރިޝްވަތުގައި ޖެހިފޯވެގެން އިދެގެން ނޫނީ ނުކުރާނެ ހުކުމެއްކަން އާއްމުޕަބްލިކަށް ވިސްނުވައިދިނުމެވެ. އެހެންވީމާ މިއީ ޝަރީއަތާދިމާކޮށް ޝަރީއަތަށް ނުފޫޒުފޯރުވުމަށްޓަކައި ސަރުކާރުން ރާވައިގެން ބައެއް ނޫސްތައް ބައިވެރިކޮށްގެން ހިންގާ އަމަލެއްގެގޮތުގައި ސިފަކުރެވިދާނެއެވެ.

މިއީ ހުކުމްކުރާ ދުވަހަށް ކައުންޓްޑައުންއެއް ނުވަތަ ހައިޕެއް އުފެއްދުމެވެ. ރިޔާސީ އިންތިޚާބުގެ ކުރިން އޮތް ޒަޚަމްތައް އަލުން ތާޒާކޮށްލުމެވެ. އާއްމުގޮތެއްގައި މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި މިގޮތަށް ޝަރީއަތަށް ނުފޫޒުފޯރުވަން މަސައްކަތްކުރާތަން ފެންނާނީ ވަރަށް މަދުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލާ ފަނޑިޔާރަށް ސަލާމަތްވެވޭނެ އެއްވެސް މަގެއް އޮތްކަމަކަށް ނުފެނެއެވެ.

ކޮންމެގޮތަކަށް ނިންމިޔަސް އޭނާއަކީ ޖޭއެސްސީން ކަތިލަން ތައްޔާރުކޮށްފައިވާ ކަންބަޅިއެކެވެ. އަނެއްކާވެސް ހަދާނަށް އައީ ނޫސްވެރިޔާގެ އިބާރާތެވެ. ޝަރީއަތަށް ސާބިތުވިޔަސް ނުވިޔަސް ވަރި ހަމައެވެ. ހަމަ ޔާމީނެވެ. އެކަން އެގެނީ ވައްކަމުގެ 80 މިލިޔަން ޑޮލަރު ދަމައިގަތް މައިވަގު އަދީބު، ފިނިފެންމަލުގެ ދާނެއްގައި ވަޑުވައިގެން ކަމަށް ދޭހަވާނެފަދަ ދަރަޖައަކަށް މިނިވަންކަންމަތީގައި އުޅޭނެގޮތަކަށް އުޅެން ދޫކޮށްލައިގެންތިބެ، އަދި ސިއްރުފުލުހުން އޭނާގެ ވަށައިގެން ފޯރިމަރަމުންދަނިކޮށް ކަނޑުބޯޓެއްގައި ފިލައިގެން ދިވެހި ރާއްޖެދޫކޮށް ދާން ފުރުސަތު ދީފައި، އަދި ވައްކަމުގެ ފައިސާގެންގުޅޭ އެސްއޯއެފްގެ މީހުން އެފައިސާއިން ޔޫރަޕްގައި ދިރިއުޅެން ސަރުކާރުން ދޫކޮށްލައިގެން ތިބެ ހަމައެކަނި ރައީސް އަބްދުﷲ ޔާމީން ޝަރީއަތަށް ދަމަންފެށުމުންނެވެ.

އެމްއެމްޕީއާރްސީގެ އަސްލުކޯޓް ފަހާފައި އޮތީ ހަމައެކަނި ޔާމީން އަށެވެ. މިޝަރީއަތް ނިމުމާއެކު ޖޭއެސްސީން މިހާރު ޕާކްކޮށްފައި އޮތް ފަނޑިޔާރުގެ މައްސަލަ ބަލައި އޭނާ ފަނޑިޔާރުކަމުން ވަކިކުރުމުގެ ކަންކަން ހިންގައިގާންނާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ ރައީސް އަބްދުﷲ ޔާމީން ކުށްވެރިވާކަމަށް ހުކުމްކުރިޔަސް ނުކުރިޔަސްވެސް މެއެވެ. ބަޑިއެހެރީ ވަޒަންލައްވައި ތައްޔާރުކޮށްފައެވެ. ފެންނަފެނުންތަކަށް ރިއާޔަތްކުރާއިރު، އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ދުވަސްކޮޅަކު ފަނޑިޔާރުކަމުގެ ގޮޑީގައި އިދެވިދާނެއެވެ.

ހުކުމެއް ނައިސް ޔާމީން ސަލާމަތްވެއްޖެނަމަ އެއީ ސަރުކާރުގެ ވަރަށްބޮޑު ބޮލުގަ ރިހުމަކަށްވާނެއެވެ. އެމްޑީޕީގެ ފިކުރާއި ސިޔާސަތުތަކަށް މިސަރުކާރަށް މިއަދު ދިވެހި ރާއްޖޭގައި ކިރިޔާވެސް ނުރައްކަލެއް ފޯރުވޭނެ ހަމައެކަނި ލީޑަރަކަށް މިވަގުތުހުރީ ރައީސް އަބްދުﷲ ޔާމީންކަން ރައީސް މުހައްމަދު ނަޝީދަށް ރަނގަޅަށް އެގިވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...