ޕޯޓަލް ރަނގަޅުކޮށްފި، މިރޭ ދޭއް ޖަހަންދެން ފޯމް ހުށައެޅޭނެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ހައުސިން ޕޯޓަލަށް ދިމާވި މައްސަލަ ހައްލުކޮށް ފޯމް ހުށައަޅަން އިތުރު ދެ ގަޑިއިރު ދީފި އެވެ.
ބެލެވޭގޮތުގައި ޕޯޓަލް ޑައުންވީ، ގިނަބަޔަކު ޕޯޓަލަށް ވަންނަން އުޅުމުންނެވެ. ސަބަބަކީ މިރެއަކީ ބޯހިޔާވަހިކަމަށް އެދި ފޯމް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ދުވަހަށް ވާތީ އެވެ. މިކަމާ ގުޅިގެން ހައުސިނުން މިރޭ ބުނީ، ޕޯޓަލަށް ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އެގޮތުން އެ މައްސަލަ ހައްލުކޮށް ނިމިފައިވާކަމަށް ބުންޏެވެ.
ހައުސިނުން ބުނީ، ޕޯޓަލް ޑައުންވުމާ ގުޅިގެން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ފޯމް ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ވަގުތަކީ މިރޭ ދަންވަރު 02:00 ކަމަށް ހައުސިނުން ބުންޏެވެ.
ކުރީން އޮތީ މިރޭގެ 23:59 އާ ހަމައަށެވެ.
ބޯހިޔާވަހިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިރޭ ހަމަވާއިރު، މިނިސްޓްރީން ވަނީ މީގެ ކުރިން އެކިފަހަރުމަތިން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް