މިދިޔަ ކުއާޓާއާއި އަޅާބަލާއިރު ބީއެމްއެލް ހިންގުމުގެ ފައިދާ ފަސް އިންސައްތަ ކުރިއަށް!
މިދިޔަ ކުއާޓާއާއި އަޅާބަލާއިރު، ބޭންކް އޮފް މޯލްޑިވްސްގެ ހިންގުމުގެ ފައިދާ ފަސް އިންސައްތަ ކުރިއަރައިފިކަމަށް ދައްކައިފިއެވެ.
މިކަން ހާމަވެފައިވަނީ ބީއެމްއެލްއިން އާންމުކުރި ނިމިދިޔަ ކުއާޓާގެ ތަފާސްހިސާބުތަކުންނެވެ.
އެގޮތުން ބަލާލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 414 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާވަނީ ބޭންކަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %4 އިތުރު އަދަދެކެވެ. ފަންޑިންގ ކޮސްޓް ބޮޑުވެ، ޕްރޮވިޝަން ޗާޖް އިތުރުވެ، އަދި އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔަ ނަމަވެސް މި ނަތީޖާ ހޯދިފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ލިބުނު ކުރިއެރުމުގެ ސަބަބުންނެވެ. ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައެވެ.
ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓަރގައި ބީއެމްއެލް ވަނީ ކެލާ، ބާރަށް، އަލިފުށި، ތުޅާދޫ، އަދި މާވަށުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވާފައެވެ. މީގެ އިތުރުން ހުޅުމާލޭގައި ވަނީ ޔޫއެސް ޑޮލަރު އޭޓީއެމް އެއްވެސް ގާއިމްކޮށްފައެވެ.
މީގެ އިތުރުން ކުރިއަރަމުން އަންނަ ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ޒަމާނީ ހެޑްކުއާރޓަރސް އެއްވެސް ބޭންކުން ހުޅުވާފައިވަނީ މި ކުއާޓަރގައެވެ.
އަދި 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ހަރަކާތްތަކަށް ބޭންކުންވަނީ އެހީތެރިކަންފޯރުކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް