އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކަމުން އަންނަ ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން ބުނެފައިވަނީ މިއަދުން ފެށިން ޑީސަލް ލީޓަރަކުން ހަތްދިހަ ދެލާރި ބޮޑުކުރަން ނިންމާފައިވާކަމަށެވެ.
ޑީސަލްްގެ އިތުރުން ޕެޓްރޯލް ލީޓަރަކުން 60 ލާރި ބޮޑުކުރަން ނިންމާފައިވާކަމަށްވެސް އެސްޓިއޯއިން ބުނެފައިވެއެވެ.
އެއާއެކު އެސްޓީއޯއިން ވިއްކަމުން އަންނަ ޑީސަލް ލީޓަރެއް ލިބެނީ އެގާރަ ރުފިޔާ ފަސްތޮޅަސް އެއް ލާރިއަށެވެ. އަދި ފެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ ދިހަ ރުފިޔާ ހަތްދިހަ ނުވަލާރިއަށެވެ.
އެސްޓީއޯއިން ވިއްކާ އަގަށް އެކުންފުނިން އަންނަނީ ދޭތެރެ ދޭތެރެއިން ބަދަލުގެންނަމުންނެވެ. އެބަދަލު އެކުންފުނިން ގެންނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް