މިފަހަރުގެ އިންތިޚާބުގައި ވާދަކުރަނީ އެންމެ 35އަންހެނުން!
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަނީ އެންމެ 35އަންހެނުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބަށް ކޮމިޝަނުން ކެންޑިޑެސީ ގަބޫލުކުރީ 395 ފަރާތެއްގެކަމަށެވެ.
އޭގެ ތެރެއިން ހިމެނެނީ 35 އަންހެނުންނާއި 360 ފިރިހެނުންނެވެ.
މިފަހަރުގެ އިންތިޚާބަށް ކުރިމަތިލީ އަންހެނުންގެ އަދަދު އެހެން އިންތިޚާބުތަކާއި އަޅާބަލާއިރު ދަށްވެފައިވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ިމަޖިލިސް އިންތިހާބަށް ކުރިމަތިލީ ފަރާތްތައް ބެހިގެންވާ ގޮތް:
އެމްޑީޕީ: 86 ކެންޑިޑޭޓުން
ޑީއާރުޕީ: 5 ކެންޑިޑޭޓުން
އަދާލަތު ޕާޓީ: 9 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ: 41 ކެންޑިޑޭޓުން
ޕީޕީއެމް: 26 ކެންޑިޑޭޓުން
އެމްޑީއޭ: 8 ކެންޑިޑޭޓުން
އެމްޓީޑީ: 10 ކެންޑިޑޭޓުން
ލޭބާ ޕާޓީ: 9 ކެންޑިޑޭޓުން
ޕީއެންސީ: 23 ކެންޑިޑޭޓުން
އަމިއްލަ ގޮތުން: 186 ކެންޑިޑޭޓުން، މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް