ށ.ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރަނީ
ގުދުރަތީ ރީތިކަމަށް މަޝްހޫރު ށ.ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާާހިމް މުހައްމަދު ސޯލިހު ވަނީ ށ.މިލަންދޫގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ޔަގީންކޮށްދެއްވާފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މިލަންދޫގެ ރައްޔިތުންނާއި އެދާއިރާގެ އެހެނިހެން ރައްޔިތުން އަބަދުވެސް އެދޭ ފަދައިން ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.
އަދި ށ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީކުރުމުގެ ސަބަބުން އެ އަތޮޅުގައި ޓޫރިޒަމް ތަރައްގީވާން މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. ށ.އަތޮޅުގައި އެއަރޕޯޓެއް ހަދަމުންދަނީ ފުނަދޫގައެވެ. ށ. ފުނަދޫގައި ހަދާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭ މަސައްކަތް ވަނީ ނިންމާލާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަލަންދޫ އަކީ ފުޅާ ދާއިރާއެއްގައި ހުއިފިލަނޑާ ވިއްސައި އާލާކުރާ ރަށެެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް