ފަސް މިލިއަން ގަސް މަޝްރޫއު: މޯދީ އިންދެވީ އަނބު، ރައީސް އިންދެވީ ކިނބި ގަހެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގަހެއް އިންދަވައިފި އެވެ.
މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންދެވީ އަނބު ގަހެކެވެ. މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުޢިއްޒު އިންދެވީ ކިނބި ގަހެކެވެ.

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.
އެ މަޝްރޫއު ރަސްމީކޮށް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ މަޝްރޫއު ފެއްޓެވީ މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވަ އެވެ.

މިއީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް