އަލްހާން ފަހުމީ ޓީމުން ހެންވޭރު އުތުރު ސާފުކޮށްފި
ހެންވޭރު އުތުރު ދާއިރާ ސާފުކުރުމުގެ ހަރަކާތެއް އެ ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ސަޕޯޓަރުން ބާއްވައިފިއެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީގެ ސަޕޯޓަރުންގެ ފަރާތުން ބާއްވާ މި ސާފުކުރުމުގެ ހަރަކާތަކީ ދާއިރާގެ ރައްޔިތުންެގެ މެދުގައި އެކުވެރިކަން އިތުރުކޮށް، މަގުތައް ސާފުކޮށް ބޭއްވުމަށް ބާރުއެޅުންކަމަށް މި ހަރަކާތް އިންތިޒާމްކުރި ފަރާތްތަކުން މައުލޫމާތުދެއެވެ.
މިއީ ކެމްޕެއިން ހަރަކާތެއްނޫންކަމަށާއި، މި ހަރަކާތުގައި އިދިކޮޅު ކެނޑިޑޭޓުންގެ ސަޕޯޓަރުން ވެސް ބައިވެރިވިކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މި ހަރަކާތުން ވަނީ 13 ޕިކަޕުގެ ކުނި ހޮވިފައެވެ.
މި ހަަރަކާތުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެން، އަލްހާން ފަހުމީވެސް ވަނީ މަގުތައް ސާފުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް