އެމްޓީޑީން އަލަށް 755 ފޯމް ހުށައަަޅައިފި
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްއިން އެޕާޓީއަށް އަލަށް ގުޅުނު ގިނަ އަދަދެއްގެ މެންބަރުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
އެމްޓީޑީން މައުލޫމާތުދޭގޮތުގައި އީސީއަށް ހުށައަޅާފައިވަނީ 755ފޯމެވެ.
އެމްޓީޑީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގުޅެމުންދާ މެންބަރުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ.
އެމްޓީޑީގެ މެންބަރުން އިތުރުވަމުންދާއިރު، އެޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފެބްރުއަރީ 1 އަކުން ފެށިގެން ފެބްރުއަރީ 9 ވަނަ ދުވަހުގެ 18:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.
އެ ޕާޓީގެ ޓިކެޓަށް އެދި ހުށަހަޅާ ފޯމް ޕާޓީ އޮފީހުން އިއްޔެއިން ފެށިގެން ލިބޭނެ ކަމަށް އެޕާޓީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް