ފުލުހުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދެނީ
ފުލުހުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ، ފަރުވާ ދޭން ފަށައިފިއެވެ.
މިއަދު ފުލުހުން ހާމަ ކުރެއްވި ގޮތުގައި، ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެކޯޓަށް 16 ޖުލައިގެ 1 ޖަހާއިރަށް ހާޒިރުކުރުމަށް، ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމެއެޗުގައި މިވަގުތު ދަނީ ފަރުވާދެމުންނެވެ.
އަދި މި ހާދިސާ ގައި ފުލުހުން ޢަމަލުކުރިގޮތާ މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް ފުލުހުންނާއި އާއިލާއިން ހިއްސާކޮށްފައިވާތީ އެކަން ބެލުމަށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގައި އެދިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި، ފުލުހުން ހައްޔަރު ކުރަން އުޅުނު މީހާއަށް އަނިޔާވީ އޭނާ ފިލަން އުޅުމުގެ ތެރޭގައި މާލޭގެ ގެއެއްގެ ފުރާޅުމަތިން ފުންމާލުމުގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް