ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލާގައި އޮފިސަރަކު ވަކިކުރަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ޑޮލަރުތަކެއް ހަލާކުވި މައްސަލާގައި އިހުމާލުވި އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެ ޑޮލަރުތައް ގެންގޮސްފައިވަނީ މީގެ 7 އަހަރުކުރީގެ މައްސަލައެއްގައެވެ. ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. ނަމަވެސް މި މައްސަލަ މީޑިއާއަށް ތިލަވީ މިދިޔަ އަހަރެވެ.
މި މައްސަލަ މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ފުލުހުން މީޑިއާގައި ބުނެފައިވަނީ ޑޮލަރުތައް ހަލާކުވުމުގެ މައްސަލާގައި އިހުމާލުވާ އޮފިސަރު ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާ ދީފައިވާކަމަށެވެ. މިމަހުގެ ހަތްވަނަ ދުަވހު ބޭއްވި ބައްދަލުވުމަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ މައްސަލަ ނިމެންދެން އޮފިސަރު ސަސްޕެންޑް ކުރުމަށްވެސް ނިންމާފައެވެ.
ފުލުހުން އެ ފައިސާތައް އަތުލައިގަތީ ކޮން ބާވަތެއްގެ މައްސަލައަކުންކަމެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް