ހުޅުމާލޭގެ ހޮޓަލެއްގެ ތެރޭގައި ބިދޭސީއަކަށް ހަމަލާދިން ދިވެއްސަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގެ ހޮޓަލެއްގެ ތެރޭގައި ބިދޭސީއަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގެ ހޮޓަލެއްގައި ދިވެއްސަކާއި ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާ މައްސަލަ ރޭ ދަންވަރު 12:26 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އަދި އެ މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުނަށް ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް