އެމްޑީއެންގެ ރިޕޯޓާއި ގުޅިގެެން އިދިކޮޅުން މަގުމައްޗަށް!
މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން އާންމުކޮށްފައިވާ ރިޕޯޓާއި ގުޅިގެން އެ ރިޕޯޓާއި އެ ޖަމްއިއްޔާއާއި ދެކޮޅަށް އިހުތިޖާޖުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ޕީޕީއެމްއާއި ޕީއެންސީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާާމް ވިދާޅުވީ އެމްޑީއެން އުވާލަންދެން ސަރުކާރަށް ޕްރެޝަރކުރާނެ ކަމަށާއި މާދަމާ ރޭ ޕީޕީއެމްގެ އޮފީސްގެ ކުރިމަތީގައި އެކަމަށް އިހުތިޖާާޖު ކުރާނެކަމަށެވެ.
މި އިހުތިޖާޖުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެޕާޓީން ވަނީ އެދިފައެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ ނުރައްކާތެރިކަން ސަރުކާރަށް ހާމަކޮށްދިނުމަށް ހުރިހާ ގޮތަކުންވެސް މަސައްކަތް ކޮށްފައިވާނެކަމަށާއި ސަރުކާރުން އެކަމަށް ދީފައިވަނީ ބީރު ކަންފަތެއްކަމަށެވެ.
އަދި އެބޭފުޅާ ވަނީ މި ސަރުކާރު ވަނީ އެމްޑީއެންގެ ދަށުވެފައިކަމަށް ވިދާޅުވެ، މިސަރުކާރަށް އޮތީ ކޮން ޕްރެޝަރ އެއްތޯ ސުވާލު އުފައްދަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް