ތިނަދޫ ކައުންސިލަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި ރައީސް ޑރ.މުއިއްޒު ހަމަޖައްސަވައިފި
ތިނަދޫ ކައުންސިލަކީ ސިޓީ ކައުންސިލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް ޑރ.މުއިއްޒު ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލު ކުރެއްވުމާއި އެކު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަކީ "ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ" ގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 51 ވަނަ މާއްދާގެ (ރ) ގެ ދަށުން މިފަދައިން ރައީސް ޑރ.މުއިއްޒު ނިންމަވާފައިވާކަން ރައީސް އޮފީހުން ވަނީ އިއުލާންކޮށްފައެވެ.
ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވެގެން ދިޔުމާއި އެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން އިނގިރޭސި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވަނީ"Secretariat of the Thinadhoo City Council" އެވެ. ހަމައެއާއިއެކު، ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ލިޔާ ސިޓީ ނަންބަރަކީ ކުރިންވެސް ތިނަދޫ ކައުންސިލަށް ހަމަޖައްސާފައިވާ ނަންބަރުކަމަށްވާ 415 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް