ގޮޅިއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ދަތުރުވެރިންގެ މާރުކޭޓުން ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލައި ސިޓީ ކައުންސިލުން ވަނީ އިއުލާނެއްކޮށްފައެވެ.
ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ފުރުޞަތު 01 ޑިސެމްބަރ 2019 އިން 19 ޑިސެމްބަރ 2019 ގެ ނިޔަލަށް ހުޅުވާލާފައިވާާނެކަމަށެވެ.
މި ގޮޅިތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މި ކައުންސިލުން ދޫކުރާ ފޯމުންކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
މި ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު މި ކައުންސިލުން ލިބެންހުންނާނެއެވެ. އަދި މި ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ފޯމް ބަލައިގަންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މަޢުލޫމާތު ޝީޓު ލިބޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް