ވިޔަފާރީގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމް އުރީދޫ މޯލްޑިވްސްއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އިނާމް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އިނާމާ ހަވާލުވެ ވަޑައިގެންނެވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.
މި އިނާމް އުދީދޫއަށް ދީފައިވަނީ އެކުންފުނިން ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް ކޮށްފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އުރީދޫއިން އަންނަނީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިދުމަތްދެމުންނެވެ. އެންމެ ފުރަތަމަ ހިދުމަތްދީފައިވަނީ ވަތަނިއްޔާގެ ނަމުގައެވެ.
އުރީދޫއިްނ ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާއިން އީޖާދީ ބަދަލުތަކެއް ގެނެސް، ދިވެހިރާއްޖޭގެ ކަންކޮޅުތަކުން ދިރިއުޅޭ ހުރިހާ ރައްޔިތުން އެ ވިއުގައަކުން ގުޅާލައި، އެންމެ ޒަމާނީ ފެންވަރުގެ މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް