ޞާލިހްގެ ވެރިކަމުގެ ފުރަތަމަ އަހަރު: ވައްކަމުގެ މައްސަލަތައް ރެކޯޑް އަދަަދަކަށް އިތުރުވެއްޖެ
މިއަހަރުގެ ތެރޭގައި ފުލުހުންނަށް ހުށައެޅުނު ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ވަނީ 4357 ވައްކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައެވެ. މިއީ ފާއިތުވި ތިން އަހަރާއި އަޅާބަލާއިރުވެސް ގިނަ އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ފުލުހުންނަށް ހުށައެޅިފައިވަނީ 3272 ވައްކަމުގެ މައްސަލަކަން ފާހަގަކޮށްލެވެއެވެ.
މިި އަހަރަކީ ޓްރެފިކްގެ މައްސަލަތައްވެސް ގިނަ އަަހަރެއްކަން ފާާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ފުުލުހުންނަށް ވަނީ ޓްރެފިކްއާއި ގުޅޭ 2266 މައްސަލައެއް ހުށަައަޅާފައެވެ. މިއީ މިިދިޔަ އަހަރު މައްސަލަ ހުށައެޅުނު އަދަދު ކަމުގައިވާ 2007 މައްސަލައާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ނަމަވެސް މިއަހަރަކީ މާރާމާރީގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތައް މަދުން ހުށައެޅުނު އަދަދެއްކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް ހުށައެޅިފައިވަނީ ޖިންސީ ގޯނާގެ 384 މައްސަލައަކާއި މާރާމާރީގެ 604 މައްސަލައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް