ފްރެންޗް ކަޕުން ކަޓުވާލީ ޓީމު ކޮޅަށް ލަނޑު ގޯންޏެއް ވައްދާލާ ޕީއެސްޖީ ބަދަލު ހިފައިފި
މިދިޔަ 5 ސީޒަނުގައި ފްރެންޗް ކަޕް ކާމިޔާބު ކުރި ޕީއެސްޖީ ހައިރާންކުރުވަނިވި ގޮތަކަށް އެ މުބާރާތުން ކަޓުވާލި ގުއިންގޭންޕް ކޮޅަށް ލީގުގައި ޕީއެސްޖީ ނުވަ ލަނޑުޖަހައި ބަދަލު ހިފައިފިއެވެ.
ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ ނޭމާ މި މެޗުގައި ދެ ލަނޑު ކާމިޔާބުކުރި އިރު ކަވާނީ އަދި އެމްބައްޕޭވަނީ ހެޓްރިކް ހަދާފައެވެ. ޕީއެސްޖީގެ ޑިފެންސްއަށް ކުޅެމުން އަންނަ މޫނިއޭވެސްވަނީ މި މެޗުގައި ލަނޑެއް ޖަހާފައެވެ.
ޕީއެސްޖީވަނީ މިދިޔަ އަހަރު ޑިޖޮން އަތުން 8-0 ކުން މޮޅުވެފައެވެ. އެޓީމް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 1994 ވަނަ އަހަރު ފްރެންޗް ކަޕްގައި ކޯޓޭ ޗައުޑޭގެ މައްޗަށް ހޯދި ކާމިޔާބީއެވެ. އެ މެޗުން ޕީއެސްޖީ މޮޅުވީ 10-0 ކުންނެވެ.
މުޅި މެޗް ޑޮމިނޭޓް ކޮށްގެން ކުޅުނު ޕީއެސްޖީވަނީ ޖުމްލަ 26 ހަމަލާއެއް އުފައްދާ އޭގެ ތެރެއިން 12 ހަމަލާއެއް އިދިކޮޅު ގޯލާ އަމާޒުކޮށްފައެވެ. ގުންގޭންޕްއަށް މުޅި މެޗުގައިވެސް އުފެއްދިފައިވަނީ އެންމެ ދެ ހަމަލާއެވެ. އޭގެން އެންމެ ހަމަލާއެއްވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ބޮޑު ލީޑަކާއެކު ޕީއެސްޖީ ފްރާންސް ލީގުގެ އެއްވަނައިގަ އޮތް އިރު މި މެޗުން ބަލިވި ގުއިންގޭންޕް އޮތީ ތާވަލުގެ ފުލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް