ގަނާކޮށް މީހަކަށް އަނިޔާކުރި މައްސަލައެއްގައި 22 އަހަރުގެ ޒުވާނެއް ހައްޔަރު ކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިމަހު 8 ވަނަ ދުވަހު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި މާރާމާރީއާ ގުޅިގެން 22 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
މި މާރާމާރީ ހިނގާފައިވަނީ، މާރާމާރީގައި އަނިޔާވި މ.ރަންމަންދޫ އަހުމަދު ނަޒީފަށް ގޭންގަކުން ބުލީ ކުރުމުން އެވާހަކަ ފުލުހުންނަށް ރިޕޯޓް ކުރާނެ ކަމަށް އޭނާ ބުނުމުން ކަމަށް މައުލޫމާތު ލިބެއެވެ.
މާރާމާރީ އާއި ގުޅިގެން، ނަޒީފުގެ ބޮލުގެ ފުށްކިބައިގެ ބޮޑުތަނެއް ފަޅާލާފައި ވާއިރު، ނިތްކުރިމަތިވެސް ވަނީ ފަޅާލާފައެވެ. އަދި ލޯކައިރިވެސް ވަނީ ދުޅެވެފައެވެ.
މި މައްސަލާގައި ތުހުމަތުވާ މީހުންނަށް ފިޔަވޅު ނާޅާތީ އަނިޔާ ލިބުނު ފަރާތުގެ އާއިލާއިން ލަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއަދު ފުލުހުންގެ އިސް ތަރުޖަާނު އަހުމަދު ޝިފާން ވިދާޅުވީ މައްސަލަ އާއި ގުޅިގެން 22 އަހަރުގެ ޒުވާނެއް މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް