ކްރޫޒްލައިނަރތަކަށް މިހާރު މާލެއާއި ގާތްކުރެވޭނެ
ކްރޫޒްލައިނަރ ތަކަށް މާލެއާއި ކައިރިއަށް ބަނދަރުކުރެވޭނެ ގޮތަށް ޓުއަރިޒަމް މިނިސްޓްރީން ހުއްދަދީފިއެވެ.
މިގޮތަށް ހުއްދަ ދިނުމަށްފަހު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކޮށް ކްރޫޒްލައިނާތައް ބަނދަރުކުރުމަށް މާލެއާ 0.6 ނޮޓިކަލް މޭލު ހަމަޖައްސާފައިވާކަމަށެވެ.
އަދި މިގޮތަށް ބަދަލުކޮށްފައިވަނީ މާލެއާއި ދުރުގައި ބަނދަރުކުރަންޖެހުމަކީ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަކަށް ވާތީކަމަށެވެ.
ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކްރޫޒްލައިނަރތަކުން ވަނީ ރާއްޖެއަށް ގިނަ ދަތުރުތަކެއްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް