އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އައްޑޫ ސިޓީގައި މިއަދު ހަވީރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ، އައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިގެންނެވެ. މި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ، މިއަދުގެ 16:50 އެހައިކަންހާއިރު އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށ ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.. އަނިޔާވި އެންމެންނަށް މިހާރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް