ސައިކަލެއް އިސްލާމިކް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހި އެކްސިޑެންޓެއް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެ، ބޮޑުތަކުރުފާނު މަގުގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ކައިރީގައި ހުރި ޕާކިންގ ޒޯނުން ސައިކަލެއް ނެރެން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 01:04 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ޕާކިންގ ޒޯނުން ސައިކަލު ނެރެން އުޅުމުގެ ތެރޭގައި، އޮޅިގެން ރޭސްމުގަނޑަށް އަނބުރާލެވި، ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ބޭންކުގެ ބިއްލޫރިގަނޑުގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގެ ސަބަބުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް، ގެއްލުން ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމަށް ނުބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް