ހުޅުމާލެ ކައިރިން ދޯންޏެއް އަޑިއަށް ގޮސްފި
ހުޅުމާލެ ކައިރިން ހިލައާއި ހިލަވެލި ހިފައިގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި "ދުވެލި" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:45 އެހާކަން ހާއިރު ކަމަށެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިންގޮތުގައި ދޯނީގައި ތިބީ ހަތަރު މީހުންނެވެ. އެއީ ތިން ބިދޭސީންނާއި ދިވެއްސެއް ކަމަށާއި އެ ދޯނި އަޑިޔަށް ދިޔުމާއެކު މި ހަތަރު މީހުންވެސް ފަތާފައިގޮސް ހުޅުމާލެއަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ހާދިސާ ހިނގި ސަރަހައްދުގައި މިހާރު ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް