ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ޒަޚަމްތަކާއެކު އޮތް މީހަކު ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދަރުމަވަންތަ ހޮސްޕިޓާ ކައިރީ ބޭރު ތޮށި މޫދުން ޒަޚަމްތަކާއެކު އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެއީ ދިވެހި ފިރިހެނެކެވެ.
އަދި އެމީހާ މިހާރު ވަނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށާ، އޭނާގެ ބޮލަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށްވެސް ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ބޮލަށް އަނިޔާވެފައިވަނީ، އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް