އަރަބިއްޔާ ސްކޫލްގައި ދެ ޖިންސް މަސްހުނި ނުކުރަން ނިންމައިފި
ބެލެނިވެރިން އިހުތިޖާޖުކުރުމުން، އަރަބިއްޔާ ސްކޫލްގައި ދެ ޖިންސް ވަކިކޮށްގެން އަނެއްކާާވެސް ކިޔަވައިދޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ ފެއްޓުނު އިރު، އަރަބިއްޔާ ސްކޫލްގައި ދެ ޖިންސް މަސްހުނިކޮށްގެން ކިޔަވައިދޭތީ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ސްކޫލް ދޮށުގައި އިހުތިޖާޖުކޮށްފައެވެ.
މިކަމާއި ގުޅިގެން ރޭ ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ދެ ޖިންސުގެ ދަރިވަރުންގެ ކުލާސްތައް އެއްކޮށްގެން ކިޔަވައިދޭތީ އެކަމުގެ މައްސަލަ އައިސްފައިވަނީ ހަމައެކަނި އަރަބިއްޔާ ސުކޫލުން ކަމަށެވެ. އަދި މިހާރު ދެ ޖިންސުން ވަކިން ކިޔަވައިދޭން އެ ސުކޫލަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަރަބިއްޔާ ސްކޫލަކީ އަރަބި އިސްލާމީ މުގައްރަރަކަށް ތައުލީމު ފޯރުކޮށްދެމުންދާ ސްކޫލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް