ކޯޓުން ބޭރުގައި ކުޑަކުދިން ކައިވެނިކުރުން ހުއްޓުވަން ޖެހޭ: ޝައިޚް އަނީލް
ކޯޓުން ބޭރުގައި ކުޑަކުދިންނާއި ކައިވެނިކުރުން ހުއްޓުވަންޖެހޭކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
އަނީލް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ މައިންބަފައިން "ކާފަރު" ކޮށް، ޒުވާން އަންހެން ކުދިން "ބްރެއިން ވޮޝް" ކޮށް، ޝަރުއީ ހަމަތަކުން ބޭރުން ވަލީއާއި ނުލައި، ކޯޓުތަކުން ބޭރުގައި "ވަގަށް ކައިވެނި" ކޮށް ހެދުމަކީ ހުއްޓުވަން ޖެހިފައިވާ ކަމެއްކަމަށެވެ.
އަދި މިކަމާއި ދެކޮޅަށް އިލްމުވެރިން ދައްކަވާ ވާހަކައިގެ އަޑު ބަޔަަކަށް ނީވުނަސް އެ ވާހަކަ ދައްކަމުންގެންދާކަމަށް އަނީލް ވިދާޅުވިއެވެ.
އަނީލް މިހެން ވިދާޅުވިއިރު ގާނޫނީ ހަމަތަކުން ބޭރުގައި 13އަހަރުގެ ކުއްޖަކާއި 26އަހަރުގެ މީހަކު "ކައިވެނިކޮށް" ކުއްޖަކު ހޯދި މައްސަލަ ވަނީ ހޫނުވެފައެވެ. މި މައްސަލަ ބަލަމުންދާކަމަށް ފުލުހުންނާާއި ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް