ޖެންޑަރ މިނިސްޓަރ އެމެރިކާއަށް
އ.ދ ގެ މައި އިދާރާގައި ބާއްވާ "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަން" ގެ 63 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރ ޝިދާތާ މި ބައްދަލުވުމުގައި ތަޤްރީރް ކުރައްވުމަށް ހަމަޖެހިފައިވާއިރު، ބައްދަލުވުމުގައި ބައްވާ ސޯޝަލް ޕްރޮޓެކްޝަންއާއި އަންހެނުންގެ ކުރިއެރުމާ ގުޅޭ ސެޝަންތަކުގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނިއު ޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވި ގޮތުގައި ޖެންޑަރ އިކުއަލިޓީ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒްކުރުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ބޭރުގެ ޤައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ޖެންޑަރ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަންގެ" ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާގެ ތަޤްރީރުގައި ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވުމުންދާ މަސައްކަތްތަކާއި ބެހޭގޮތުން ކަމަށެވެ.
އދ.ގެ މެންބަރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ގިނަ ޖަމިއްޔާތަކުން ބައިވެރިވާ "ދަ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމަން"ގެ ބައްދަލުވުންތައް ކޮންމެ އަހަރަކު ދެފަހަރު ބާއްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް