N/A
N/A
ހަބަރު 06 Feb 2019 | 15:16

އަޅުގަނޑު ހިތަށް އަރައެވެ، ލަދެއް ހަޔާތެއް މިހާރަކު ނުހުރެއެވެ

މިދިޔަ އަހަރުގެ މޭމަހުގެ ތެރޭގައި ފަރަންސޭސި ވިލާތުގެ މަޝްހޫރު މިއުޒިއަމަކުން އެތަނަށް ޒިޔާރަތްކުރާ މެހްމާނުން ބަރަހަނާ އޮރިޔާމާތިބެ އެތާ އެތެރޭގެ ތަންތަން ބަލާލުމަށް ހުޅުވައިލުމުން ވަރަށް ބޮޑު ތާއީދެއް ލިބިގެން ސީއެންއެންގައި އެވާހަކަ ލިޔުނެވެ. އޮރިޔާންވެގެން އުޅުނު މީހުން މީޑިއާއަށް ކިޔައިދިނީ ފުރަތަމަ ކޮޅުގައި ކުޑަކޮށް ފަސްޖެހުނަސް ފަހުންފަހުން އެމީހުންނަށްވީ ވަރަށް މަޖާ ތަޖްރިބާއަކަށެވެ.

މިވާހަކަ އަޅުގަނޑު މިގެނައީ އަޅުގަނޑުމެންގެތެރެއަށް އަންނަމުންދާ ޒަމާނީ ތަހްޒީބުގެ ސްޓައިލަކަށް ހިތަށް އެރި އެއްޗެއް ބުނެލަންވެގެންނެވެ. އެކަމަކު މިވާހަކަ ދައްކަން ވަރަށް ލަދުވެސްގަނެއެވެ. މީހުން އަޅުގަނޑު ސިފަކުރާނެގޮތް ހިތަށް އަރާތީއެވެ.

އެއް ދުވަހަކު އަޅުގަނޑު ހިނގާފައި މިދަނީ މާލޭގެ ސެނެހިޔާ ( ކުރީގެ ދިވެހި ރާއްޖޭގެ އަޑުގެ ކުރިމަތި ) ކުރިމަތިން އެއޮންނަ ހައިވޭގެ އިރުމަތީ ދުވާރު މަތިންނެވެ. އަޅުގަނޑު ފަހަތުން ބާރަށް ހިނގާފައި އައިސް ކުރިމަތީގައި ހުރެގެން ހިގަން އެފެށީ އަޅުގަނޑު އެމީހަކު ރަނގަޅަށް ދަންނަ މީހެއްގެ މެދުއުމުރުގެ އަނބިކަނބަލުންނެވެ. ޖައްސަވާފައި ހުރި ސެންޓްގެ މީރުވަސް ވައިރޯޅިއާއެކު ނޭފަތަށް ވަދެއެވެ. އަސްތާއެވެ. އެޖޮގިން ޑްރެސްއެކެވެ. ލައިގެން ހުރި ތިރި ފިރިހެނުންލާ ބޮކްސާއަކަށްވުރެ ކުރުކަމަށް ދައްކައެވެ. ވަރަށް ބޮޑަށް ގަޔަށް ފިޓެވެ. ތުނިކަމުން އެތެރެއިން ލައިންގެ ހުރި ޖަނގިޔާގެ ކުލަ ރީއްޗަށް ހާމަވެއެވެ. ވަނާތައް ރޫތަކަށްދަންދެން ފާޅުވެފައި ވެއެވެ. އަޅުގަނޑަށް އެއްފަހަރު ބޭއިޚްތިޔާރުގައި ބެލިފައި ކަންކުރަން އޮންނަގޮތަށް އިސްޖެހޭތޯ ބަލަމެވެ. ތަންކޮޅަކަށް ހިނގާލާފައި ދެން މަޑުމަޑުންދުވެލާފައި އޭނާ އެދިޔައީއެވެ. ތަންގަނޑަކަށް އަޅުގަޑަށްދެވުނުތަނާ އަނެއްކާ އެބައާދެއެވެ. އައިކޮޅަށް އެބުރިދަނީއެވެ. އެއްފަހަރު ބަލާލެވުނެވެ. ހަތަރުކަޅި ހަމަވުމުން އިސްޖެހޭތޯ ބެލީއެވެ. ގައިގެ ލަދުވެތި ގުނަވަންތަކުގެ ވަނާތައް ..... ބުނާނެވެސް ކަމެއްނެވެ. އަޅުގަނޑަށް އެއްޗެހި ނުގޮވާށެވެ. ތިބާގެ ހާލު ވަކި ރަނގަޅެއް ނުވާނެއެވެ.

އެހެންދުވަހެއްގައި މަޖީދީމަގުން ފިހާރަތަކަށްވަންނަމުން ނުކުންނަމުން އެހެން ހިގަމުންދަނިކޮށް ޔޫރަޕްގެ ދޮން އަންހެނަކު އާދަޔާއި ޚިލާފަށް ކުރިމަތީ ފަރާތުގެ ވަނާތައް ސިފަވާ ހެދުމެއް ލައިގެން އަންނާތީ ބޭއިޚްތިޔާރުގައި ބެލިފައި އެހެން މީހުންގެ މޫނުތަކަށް ސިއްރުންބަލާލިއިރު ވަރަށް ގިނަ މީހުން ކަޅިޖަހާނުލާ ބަލާކަން ފާހަގަކުރެވުނެވެ. އެއީ ޗައިނާގެ ޓޫރިސްޓުން ލައިގެން ތިބޭކަހަލަ ކުރުސޯޓްބުރިއެއް ނޫނެވެ. އަޅުގަނޑު ހިތަށް އެރިއެވެ. އަޅުގަނޑުމިއީ، މަޖިލިސްގައި ފައިސާ ބަހާ މެމްބަރުންނަށް ރައީސް މުހައްމަދު ނަޝީދުގެ ބަހުން އެވިދާޅުވާ ލަދެއް ހަޔާތެއް ނެތް މީހެއްތާއެވެ. އެގޮތަށް ތިބޭ އަންހެނުންނަށް ވައްކަޅިން ބަލާތީއެވެ. ހަމަ އެހެން އެއަންހެނުންވެސް ހަމަ ލަދެއް ހަޔާތެއް ނެތީއެވެ. މީހުންގެ ކުރިމައްޗަށް އެފަދަ ގޮތަކަށްތިބެ ލަދުވެތި ގުނަންތަކުގެ ބައްޓަންތައް ދައްކަން އަރާތީއެވެ. ހާދަގިނަ އަންހެންކުދިން ފޫކޮޅާއި ކުރިމަތިފަރާތުގެ ބައްޓަންހާމަވާގޮތަށް ހުންނަ ގަޔަށްބާރު ހެދުމެއްލައިގެން މިދުވަސްވަރު ނުކުމެއުޅޭތަން ފެނެއެވެ. އަޅުގަނޑު ހިތަށް އަނެއްކާވެސްވަނީ ބަފައިން ތިމާމެންގެ އަންހެންދަރި އެފަދަ ހެދުމެއްލައިގެން އުޅޭތަން ބަލަން ލަދެއް ހަޔާތެއް ނުހުންނާނެއެވެ. އެހެންނޫނީ އޭނާ އޭނާގެ ދަރިފުޅު ފެނުނަސް ނުބަލާނެކަން ޔަގީނެވެ.

ދިވެހި ސެކިއުލެރިސްޓުންގެ ވިސްނުން

ދައްކަން މިއުޅެނީ މިހެދުމުގެ ވާހަކައެއް ނޫނެވެ. ފަރަންސޭސި މިއުޒިއަމަށް އޮރިޔާމުން ވަންނަން ހެދުންބާލަން ފުރަތަމަ ކުޑަކޮށް ފަސްޖެހުނަސް ފަހުން އެމީހުންނަށް ނޯމަލް ކަމަކަށްވިފަދައިން، އަޅުގަނޑުމެންގެތެރޭގައިވެސް ކުރިމަތީފަރާތުގެ ވަނާތައް ހާމަވާގޮތަށް ހެދުންއަޅައިގެން އެންމެ ފުރަތަމަ ޓްރައިކުރާއިރު ކުއްޖަކު ފަސްޖެހުނަސް، އަދި ވަރަށް މަތީ ދަރަޖައަކަށް އޮރިޔާންވެ، މައިންބަފައިންނަށްވެސް ރީތިވެ، ނޯމަލްކަމަކަށްވީމާ އެއީ މާބޮޑުކަމަކަށްނުވާނެ ބީދައިން، އިސްލާމްދީނުގެ މަތިވެރި ޝިއާރްތަކަށް މަލާމާތްކުރުމާއި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްމަގު ބޭނުންކުރާ މީހުންވެސް އެކަންކުރަނީ ހަމަ އެންމެ ބޭނުމަކުއެވެ.

ސެންސެޓައިޒްކޮށް މީހުންލައްވައި އެވާހަކަ ދައްކުވަމުންގޮސް އެއީ ދެން މާބޮޑުކަމަކަށް މުޖްތަމައުގައި ނުދެކޭ ހިސާބަށް ގެންދިއުމަށެވެ. މިއީ އިސްލާމުން މަގުފުރެއްދުމަށްޓަކައި ނަސާރާއިންނާއި ޔަހޫދީން ރާވާފަރުމާކޮށްފައި އޮންނަ ޕްރޮޕެގެންޑާއެކެވެ. ނަހަލާލަށް ވިހާ އަންހެނުންގެ ވާހަކަ ރައީސް ނަޝީދު ދެއްކެވުމުން އެމަނިކުފާނަށް ތާއީދު ކުރާ އެންމެންނަށްވެސް އެކަންވީ ތަންކޮޅެއް މަޖާ ވާހަކައަކަށެވެ. ޒިނޭކުރުމަކީ ދެން މާބޮޑުކަމެއްނޫންކަހަލައެވެ.

ދާދިފަހުން ސުވިޑްންގައި ސާވޭއެއް ކުރެވުނެވެ. ދެމަފިރިންނަށް ލިބިފައިވާ ދަރިއަކީ އެދެމަފިރިންގެ އަސްލު ހަގީގީ ދަރިތޯ ދެނެގަތުމަށެވެ. ސާވޭގައި އެއްކުރި ޑީއެންއޭ ސާމްޕަލްތަކާއި އެހެން މައުލޫމާތުތަކުގެ ނަތީޖާއަކަށްވީ ގާތްގަނޑަކަށް ހުރިހައި އެންމެންގެވެސް ތިބީ ނަހަލާލު ދަރިންކަމަށް ވުމެވެ. ފިރިހެންމީހާގެ ޑީއެންއޭއަކާ ދަރީގެ ޑީއެންއޭއަކާ ދިމައެއް ނުވެއެވެ. ކައިވެނިކޮށްގެންތިބެވެސް އޮންނަނީ ހިލޭ އަންހެނުންނާ/ފިރިހެނުންނާއެކު ޒިނޭކުރުމެވެ. އެމީހުންގެ މިހާރުގެ ސަގާފަތުގައި މާބޮޑުކަމަކަށް އެމީހުންނަކަށްނުވެއެވެ. އެސާވޭގެ މައުލޫމާތު އޭގައި ބައިވެރިންނަށް ފޯރުކޮށްދީ އެދެމަފިރިން ބަލައި ބޮޑުކުރަނީ ފިރިމީހާގެ ދަރިއެއްނޫންކަމަށް ބުނެދިނީމާ އެމީހުންގެޖަވާބަކަށްވަނީ މައްސަލައަކީ ކޮބައިހެއްޔެވެ. އަހަރެމެން ދެމީހުން ސޮއިކޮށްގެން މިތިބީ އެއީ އަމިއްލަ ދަރިކަމަށެވެ.

ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގެސްޓްހައުސްތަކުގައި ލާރި ހޯދަން ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން މީގެ އަހަރުތަކެއް ކުރިން އުޅުނީވެސް ރަލާއިމެދު މީހުންގެ މެދުގައި އޮންނަ އަގީދާ ކިލަނބުކޮށް އެއީ ޒަމާނީ ކުރިއެރުމުގެ އިކޮނޮމިކް ޓޫލެއްކަމަށް ދެއްކުމަށެވެ.

އިސްލާމީ ޝަރީއާގެ އަސާސްތަކަށް އަމަލުކުރުމުން އެއީ ޒަމާނީ ތަހްޒީބުނޫންކަމަށް ދިވެހިންގެ ބަޔަކު އެކިޔަނީވެސް އެހެންވެގެންނެވެ. އެވާހަކަ ފަތުރާމީހުންނާ އެމީހުންގެ ރަހުމަތްތެރިން އެކަންކުރަނީ ބިރުފަހަނައަޅައިދިއުމަށް މީސްތަކުންނަށް މަގުދައްކާށެވެ. ލިބަރަލް ސެކިއުލަރިޒަމް އަދި ޒަމާނީ ތަހްޒީބަކީ އެމީހަކު އުޅެންބޭނުންވާގޮތަކަށް އުޅުމަށް އަނެކާގެ ފަރާތުން އުނދަގުލެއް ނެތި އުޅެވޭނެ ސޮސައިޓީއަކާ އެފަދަ މެންޓަލިޓީއެއް މިއަދުގެ އިންސާނާގެ ކިބައިގައި އަށަގަތުންކަމަށް އެމީހުން ގަބޫލުކުރެއެވެ. އެކަމަށް ފާޑުކިޔައި ދެކޮޅު ހަދާ މީހުންނަކީ އިސްލާމިސްޓް، ހައްދު ފަހަނައަޅައިގޮސްތިބި، ސަހަރާގައި މާކުރީގައި އުޅުނު ބަދަވީންގެ އުސޫލު ގެންގުޅޭ ބައެއްކަމަށް އެމީހުން ސިފަކުރެއެވެ. އިސްލާމް ދީން ގަބޫލުކުރާ މީހުންގެ ނަޒަރުގައި އައުރަ ނުވަތަ އޮރިޔާން އެހެންމީހުންނަށް ފާޅުކޮށް ދައްކާވަރަކަށް އެމީހެއްގެ ނާތަހްޒީބުކަން ހާމަވެއެވެ.

އިގިރޭސިވިލާތުގެ ނުވަތަ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީއަކުން ޑިގްރީ ސެޓްފިކެޓެއް އޮތަސް ވަރިހަމައެވެ. އިންޑިޔާގެ އަންޑަމަން ހިސާބުގައި އޮންނަ ރަށެއްގައި އިންސާނީ ހަޟާރަތާ އެއްވެސް ގުޅުމެއްނެތި ދިރިއުޅޭ މީހުންގެ ވީޑިއޯތަކާއި ފޮޓޯތަކުން ބުނެދެނީ ހަމަ އެއްވާހަކައެކެވެ. އެއީ އެއްވެސް ތަހްޒީބެއް ދުވަހަކުވެސް ދެކެފައިވާ ބަޔަކަށް ނުވެއެވެ. އެމީހުންވެސް ތިބެނީ އޮރިޔާމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...